ޔުމްނާ މައުމޫން ސުލޫކީ ކޮމިޓީއަށް ހާޒިރުވާން އަންގައިފި

ޕީޕީއެމްގެ ސުލޫކީ ކޮމިޓިއަށް މައްސަލައެއް ހުށަހެޅިފައިވާކަމަށް ބުނެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އެ ކޮމިޓީއަށް ހާޒިރުވުމަށް އަންްގައިފިއެވެ.
ސުލޫކީ ކޮމެޓީން އިއްޔެ ވަނީ އެ ކޮމިޓިއަށް ހުށަހެޅިފައިވާ، މައްސަލައެއް ކުރިއަށް ގެންދިއުމަށް ޕާޓީގެ ގަވާއިދުގައިވާ ގޮތުން މައްސަލަ ރައްދުވާ ފަރާތުން ބޭނުން ދެ މެމްބަރަކާއެކު ކޮމެޓީއަށް ހާޒިރުވާން އެންގައު ސިޓީއެއް ފޮނުވާފައެވެ.
ޔުމްނާއަށް ފޮނުވި ސިޓީގައި ވަނީ އާނާގެ ފަރާތުން ދެ މެމްބަރުންނާއެކު މިއަދު މެންދުރު ފަހު 2:00އަށް ހ. ކޮރަލްރީފްގެ ހަތް ވަނަ ފަންގިފިލާއަށް ހާޒިރުވުމަށެވެ.
"ގަޑިއަށް ހާޒިރުވެވަޑައިނުގަތްފިނަަމަ އައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ގޮތެއް ނިންމާނެ ވާހަކަވެސް ދެންނެވީމެވެ" ޔުމްނާއަށް ފޮނުވި ސިޓީގައިވެެއެވެ.
ޔުމްނާގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިމިނަތު އާތިފާއާ ގުޅޭ ގޮތުންވެސް ސުލޫކީ މައްސަލައެއް ހުށަހަޅާފައި ވާތީ މާދަމާ 2.00 އަށް ކޮރަލްރީފަށް އެބޭފުޅުން ވެސް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ނަމަވެސް ރައީސް މައުމޫންގެ ފެކްޝަން އަށް ނިސްބަތްވާ ބޭފުޅުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ބަލައިނުގަންނާތީ އެބޭފުޅުން ކޮމެޓީ އަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ