ރޭ މާލެއިން ކަރަންޓު ދިޔަ ވަގުތު ވެސް ހެއްވާ މަޖާ ފިލުމު ކުޅުމުން ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ޔޫސޭ(ޔޫސުފް ރަފީއު) ބެލީ މީހުން ހެއްވާލެވޭތޯއެވެ.
ކަރަންޓު ދިޔަ ވަގުތު ޔޫސޭ އިނީ ރައްޓެހިތަކަކާއެކު މާލޭ ސިޓީގެ ކެފޭއެއްގެ ތެރޭގައެވެ. ޔޫސޭވަނީ ފޭސްބުކް ލައިވްކޮށް އެވަގުތު އެތައް ބަޔަކު ހެއްވާލާފައެވެ.
ޔޫސޭވަނީ މާލެއިން ކަރަންޓު ކެނޑުމުން އަތޮޅުތެރޭގެ ރަށްރަށުގައި ކަރަންޓު ކެނޑުމުން ރައްޔިތުން އުޅޭނެ ހާލު އިހުސާސް ކުރެވޭ ކަމަށް ވިދާޅުވެފައެވެ.
"މިހާރު މިގަޑިއަކީ އަސްލު ސްލީޕިން ޓައިމްކަން އަންގާދޭން އެމާހައުލު މިއޮތީ ފެންނަން. އެހެންވެގެން އެމާހައުލު މިއޮތީ އަޅުގަނޑުމެންނަށް ގެނެސްދީފައި. އެއްވެސް ކަހަލަ އަލި ކަމެއް ފެންނާކަށެއް ނެތް. އެހެންވީމަ އަހަރެމެން އިހުސާސް ކޮށްލަންވީ ރާއްޖެތެރޭގައި އަހަރެމެން އުޅޭނެ ހާލަތު މިއީ ފުރަމާލޭގައި ކަންތައްތައް ހުރިގޮތް. އެހެންވީމަ މިކަހަލަ ކަންތައްތައް ކޮށްދެއްވާތީ އިންޖީނުގޭގެ ހުރިހާ ކުދިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ޔޫސޭ ބުންޏެވެ.
"ހޫނުކަމުގެ އިހުސާސްވޭ އެބަ. ދެން އަވަހަށް ދާންވީ ކަންނޭނގޭ ސަލްޓަން ޕާކާ ދިމާލަށް. އެއީ އެތަނުން ފަހަރެއްގަ ވިންޓަގެ ތީމް ކޮޅެއް ލިބިދާނެތީ،" ޔޫސޭ ބުނެއެވެ.
"އަހަރެމެންނެއްވާ ނެތް. ތުއްތީއަށް ނޭނގޭ މިހާރު ވެފަ މިވާނުވާ ގޮތެއް ވެސް. އެއްފަހަރު ހީވާނެ ފިނިފައިބަން އުޅޭހެން. އަނެއް ފަހަރު ހީވެދާނެ މިހާރު މިއުޅެވެނީ ސަހަރާ ތެރޭގައޭ ވެސް،" ދާދި ފަހުން ހުޅުވި ރަސްރަނި ޕާކުން ފިނި މޫސުން ތަޖުރިބާ ކޮށްލަން ލިބޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް ހަޖޫ ޖަހައި ޔޫސޭ ބުންޏެވެ.
ޔޫސޭގެ އެވީޑީއޯ އެތައް ބަޔަކުދަނީ ބަލަމުންނެވެ.
ކަރަންޓު ދިއުމުން ތުއްތީއަށް ވާނުވާ ނޭނގުނު، ފިނިފައިބަން އުޅުނުހެން ވެސް ހީވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ