ހުޅުދޫ ސްކޫލް މަރާމާތު ކުރާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީ، ހުޅުދޫ ސްކޫލް މަރާމާތު ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ގްރޭޑް 1 އިން ފެށިގެން 7 އާއި ހަމައަށް ކިޔަވައިދޭ އެ ސްކޫލް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މަރާމާތު ކުރަން ހަމަޖެހިފައި ވަނީ ކުލާސް ރޫމްތަކާއި އޮފީސް އިމާރާތުގެ އިތުރުން ދަރިވަރުން ބޭނުން ކުރާ ފާޚާނާތަކެވެ.
އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށް ދޭން ޝައުގުވެެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެެ.
މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 10:30 ގައި ހުޅުދޫ ސްކޫލްގައި އޮންނާނެ އެވެ. އިތުރު މައުލޫމާތު ބޭނުންވާ ނަމަ 6894068 އަށް ގުޅުމުން ވެސް ލިބޭނެ ކަމަށް ހުޅުދޫ ސްކޫލުން މައުލޫމާތު ދެއެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ