ބިލެއްދޫ ދާއިރާއަށް މެމްބަރު އަޙުމަދު ޙަލީމު 10 ސްކޮލަޝިޕް ދީފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިލެއްދޫ ދާއިރާ ތަމްސީލު ކުރަމުންދާ ދޮންބިލެތް އަޙުމަދު ޙަލީމު ، އެދާއިރާގެ ރައްޔިތުންނަށް 10 ސްކޮލަޝިޕް ދީފި އެވެ.
ދާއިރާގައި ހިމެނޭ 3 ރަށް ކަމަށްވާ ބިލެއްދޫ، މަގޫދޫ އަދި ފީއަލީ ރައްޔިތުންނަށް ދީފައިވާ ތަޢުލީމީ ފުރުޞަތުގައި ހިމެނެނީ ލެވެލް 7 ގެ 1 ކޯހާއި، ލެވެލް 6 ގެ 1 ކޯހާއި، ލެވެލް 5 ގެ 2 ކޯހާއި، ލެވެލް 4 ގެ 3 ކޯހުގެ އިތުރުން ، ލެވެލް 3 ގެ 2 ކޯސް އަދި ޔުނިވަރސިޓީ ޕްރިޕަރޭޝަންގެ 1 ކޯހެވެ.
މިކޯސްތައް ބަހާލުމަށް ހަމަޖެހިފައިވަނީ ބިލެއްދޫއަށް 4 ޖާގަ، މަގޫދޫއަށް 3 ޖާގަ އަދި ފީއަލި އަށް 3 ޖާގަ އެވެ.
މެމްބަރު އަޙުމަދު ޙަލީމު ދީފައިވާ ހުރިހާ ކޯހެއްވެސް ކިޔެވުމުގެ ފުރުޞަތު ދީފައިވަނީ ކްލިކް ކޮލެޖުންނެވެ.
މި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ހުޅުވާލިއިރު، ފޯމު ހުށަހެޅުމަށް ދީފައިވަނީ އެންމެ 3 ދުވަހެވެ. އެގޮތުން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހަށްވަނީ ބަންދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ