ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ފުލުުހުން ބޭލުމަކީ ފުލުހުން ހިންގާފައިވާ ބޮޑު ފޭރުމުގެ އަމަލެއްކަމަށް ކުރީގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މައުމޫން އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ފުލުހުން ބާލާއިގެން ގެންގޮސްފައިވާކަމަށް ބުނާ ހަބަރާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ދިޔާނާ ސައީދު ވިދާޅުވީ ފުލުހުން ހިންގާފައިވަނީ ބޮޑު ފޭރުމުގެ އަމަލެއްކަމަށާ، ދިވެހި ދިދައަކީ އެންމެހާ ރައްޔިތުންގެ ހައްގެއްކަމަށެވެ. އަދި އެ ދިދައިގެ ދަށުގައި އެންމެންވެސް ހަމަހަމަވެގެންވާކަމަށް ދިޔާނާ ވިދާޅުވިއެވެ.
މައުމޫން އޮފީހުން ދިދަ ބާލައިގެން ގެންދިއުމަކީ ބޮޑު ފޭރުމެއް: ދިޔާނާ ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ