އދ މަންދޫގައި ޤާއިމްކޮށްފައިވާ ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ހުޅުއްވައި ދެއްވައިފިއެވެ.
އައިޝާ މިޖަގަހަ ހުޅުއްވައި ދެއްވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިހާއި ރަނިންމޭޓު ފައިސަލް ނަސީމަށް ތާއީދު ހޯއްދަަވައި ދެއްވުމަށް ހުކުރު ދުވަހު އދ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު އދ މަންދޫއަށް ވަޑައިގެންނެވެ.
މަންދޫއިން އައިޝާ އަށާއި ޖުމުހޫރީ ވިންދުގެ ކެމްޕޭންޓީމަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. ޖަޒީރާ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު އައިޝާ ވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ހާލު އަހުވާލު އޮޅުން ފިލުއްވާފައެވެ. މީގެ އިތުރުން ދޮރުން ދޮރަށް ހިންގަވައި ރައްޔިތުން ބޭނުންވެފައިވާ ކަންކަން ބައްލަވައި ޝަކުވާތައް އަޑުއައްސަވާފައެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ އދ އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުރު ފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ އދ ހަންޏާމީދޫ އަށާއި އެއަތޮޅު ދަނގެއްޗަށެވެ. އަދި މާދަމާ އދ އަތޮޅުގެ ވެރިކަން ކުރާރަށް މަހިބަދޫއަށް ވަޑައިގަންނަވާނެއެވެ.
އދ މަންދޫ ޖަޒީރާ ޖަގަހަ ޖޭޕީގެ ކައުސިލް މެމްބަރު އައިޝަތު ނަހުލާ ހުޅުއްވައި ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ