ރައްޔިތުންގެ މަޖިީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން އުޅޭ ފަރާތްތަކުން އެކަމުގެ އަގު ދައްކަން ޖެހޭނެ ކަމުގައި ފާރިސްގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ އިއްޔެ އަށް 180 ދުވަސް ވުމާ ގުޅިގެން މިރޭ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ކޯޓު ހުކުމެއް ނެތި ފާރިސް ޖަލުގައި ހުންނަވާތާ އިއްޔެއަށް 180 ދުވަސްވީ ކަމަށެވެ. ފާރިސް ޖަލުގައި ހުންނަވާތާ މިހާ ގިނަ ދުވަސްވީއިރު ފާރިސް ގޯސްކޮށް ކުރައްވާފައިވާ ކަމެއްގެ ހެތްކެއް ކޯޓަށް ހުށައެޅިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އިންސާފުގެ ބޭރުން ފާރިސް ހައްޔަރުކޮށްގެން އުޅޭ މީހުން ވަރަށް އަވަހަށް ނޫނީ ފަހުން ނަމަވެސް އެކަމުގެ އަގު ދައްކަންޖެހޭނެ ކަމަށެވެ.
ފާރިސް ހައްޔަރުކޮށްގެން އުޅޭ ފަރާތްތަކުން އެކަމުގެ އަގު ދައްކަންޖެހޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ