ބުރިޖުގެ މިލްކުވެރިންނަކީ ރައްޔިތުން - އަލީ ވަޙީދު

މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖުގެ ހަޤީޤީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އަލީ ވަޙީދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ، މި ބުރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް ވަނީ، ލޯނާއި ދަރަންޏަށް ޒިންމާވާނީ ދިވެހި ރައްޔިތުން ކަމުގައި ވާތީއެވެ.
"ބުރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން. ލޯނާއި ދަރަންޏަށް ޒިންމާވާނީ ދިވެހި ރައްޔިތުން." ކުރިން އެމްޑީޕީގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައިވާ އަކީ ވަޙީދު ވިދާޅުވެފައިވެއެވެ.
މީގެއިތުރުންވެސް، އޭނާ ވިދާޅުވެފައިވަނީ، މިރޭ ބުރިޖު ހުޅުވުމަށް ބާއްވާ ކުލަގަދަ ޙަފްލާއަކީވެސް އިސްރާފެއްކަމަށެވެ. އަދި، އެއީވެސް ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފެއްކަމަށެވެ. އަދި، ކިތަންމެ ހަވައެއް އެރުވިކަމުގައިވިޔަސް، ރައްޔިތުންނަށް ކުރާ އަނިޔާ ހިތުން ނުފިލާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ކިތަންމެ ހަވައެއް އެރުވިޔަސް ރައްޔިތުންނަށް ކުރާ އަނިޔާ ހިތަކުން ނުފިލާނެ. ބޯ ފެނާއި ނަރުދަމާ އަދިވެސް ނެތް." އަލީ ވަޙީދު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ޒައާމަތުގައި، ގިނަ ރަށްތަކެއްގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށް، އަދިވެސް ގިނަ ރަށަކަށް އެޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް ތަރައްޤީގެ ކޮންމެވެސް މަޝްރޫޢެއް ހިނގަމުންދާއިރު، ޤައުމަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނޭފަދަ މަޝްރޫޢުތައްވެސް ދަނީ ހިންގަމުންނެވެ. މިފަދަ ކަންކަން ކުރަނީ، ލޯނު ދެއްކޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުންކަމަށް، ރައީސް ޔާމީންވަނީ އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ