އެމެރިކާގެ ފެޑެރަލް ކޯޓުތަކުގައި މައްސަލަ ހިނގަމުންދާ ފަރާތްތަކަށް ކަފާލާތުގެ ދަށުން މިނިވަންވެވޭނެ އައު ގޮތެއް އިއުލާނުކޮށްފިއެވެ. ވާޗުއަލް ވޮލެޓުތަކުން ކަފާލާތު އަދާކުރުމަށް ވާޗުއަލް ވޮލެޓު ނުވަތަ ކްރިޕްޓޯކަރެންސީ ބޭނުންކުރެއެވެ.
ސެން ފްރެންސިސްކޯގެ ޑިސްޓްރިކްޓް ކޯޓަކުން ދާދިފަހުން ވަނީ ހެކް ކުރުމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށްވާ މާޓިން މާރިސްޗް އޭނާ ބޭނުންތާކު ގޭބަންދުގައި ހުރެވޭނެގޮތް ހެދުމަށް 750،000 އެމެރިކާ ޑޮލަރަށްވާވަރަށް ކްރިޕްޓޯކަރަންސީ ކަފާލާތައް ދެއްކުމަށް އަންގާފައެވެ.
މިއީ އެމެރިކާގެ ކޯޓަކުން ކަފާލާތުގެ ގޮތުގައި ޑިޖިޓަލް ފައިސާ ބޭނުންކުރި ފުރަތަމަ ފަހަރުކަން ޔަގީންކުރެވިފައި ނުވިނަމަވެސް، މިއީ ފެޑެރަލް ކޯޓެއްގައި މިގޮތަށް އަމަލުކުރި ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މަރިސްޗު އުއްމީދުކުރަނީ އޮގަސްޓު 20ގެ ކުރިން ކަފާލާތުގެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.
ކްރިޕްޓޯކަރަންސީން ކަފާލާތުގެ ފައިސާ ދެއްކުމަށް އެދިފައި މިވަނީ އެހެންގޮތެއް ނެތިގެން ކަމަށްވެސް ވެދާނެއެވެ. ގޭމު އުފައްދާ ކުންފުންޏެއް ކަމަށްވާ އީއޭގެ ކަސްޓަމަރުންގެ މައުލޫމާތު ވަގަށްނެގި ކަމުގެ ތުހުމަތުގައި މަރިސްޗު ހައްޔަރުކޮށްފައިވަނީ ސެން ފްރެންސިސްކޯ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުގައި އެހާ ބައިވަރު އެމެރިކާ ޑޮލަރެއް ނެތެވެ. އެހެންކަމުން، ކްރިޕްޓޯކަރަންސީން ކަފާލާތުގެ ފައިސާ ދެއްކުމަކީ އަލުން ކޯޓަށް އައުމަށް އޭނާއަށް ލިބޭ ހިތްވަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ އެހެންނަމަވެސް ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމެއްކަމަކަށް ނުފެނެއެވެ. ބިޓްކޮއިން އާއި އެހެނިހެން ކްރިޕްޓޯކަރަންސީގެ އަގު ވެއްޓި ސަރުކާރުގެ އެހީއަށް އެދޭ ހިސާބަށް ވަނީ ގޮސްފައެވެ.
ކަފާލާތުގެ ފައިސާ ކްރިޕްޓޯކަރަންސީން ދައްކަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ