މުސްލިމުން މެރި ލަންކާގެ ހާމުދުރުންގެ ޖަމިއްޔާގެ ވެރިޔާ ހައްޔަރުކުރަން ކޯޓުން އަމުރުކޮށްފި

(ކޮލޮމްބޯ، ސްރީލަންކާ): މިދިޔަ އަހަރުގެ ތެރޭގައި މުސްލިމުންނަށް ހަމަލާދިން ސްރީލަންކާގެ ބުދު ދީނުގެ ހާމުދުރުންގެ ޖަމިއްޔާ ބޮޑު ބަލަ ސޭނާ (ބީބީއެސް)ގެ ޖެނެރަލް ސެކްރެޓަރީ، ވެނެރަބަލް ގަލަގޮޑާއްތެ ނަނަސަރަ ތޭރޯއާއި އިތުރު ހާމުދުރުންތަކެއް ހައްޔަރު ކުރުމަށް ކޮލޮމްބޯ ފޯޓު މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.
ގަލަގޮޑާާއްތެއާއި އިތުރު ތިން ހާމުދުރަކު ހައްޔަރު ކުރުމަށް ކޮލޮމްބޯ ފޯޓު މެޖިސްޓްރޭޓު ކޯޓުން އަމުރު ކޮށްފައިވަނީ، އެ ކޯޓުގައި ހިންގަމުންދާ ޝަރީޢަތަކަށް އެމީހުން ހާޒިރުވުމަށް ޗިޓު ފޮނުވައި، އެ ޗިޓުގައި ވާ ގޮތަށް އެމީހުން ކޯޓަށް ހާޒިރުވެފައި ނުވާތީއެވެ.
އެހެން ނަމަވެސް، ކޯޓުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް އެނގިފައެއް ނުވެއެވެ.
މީގެ ކުރިންވެސް ބީބީއެސްގެ ޖެނެރަލް ސެކްރެޓަރީ ގަލަގޮޑާއްތެ ވަނީ އެކި ފަހަރުގެ މަތިން ހައްޔަރު ކުރެވި، ކޯޓަށް ވެސް ހާޒިރު ކުރެވިފައެވެ.
ބީބީއެސްއިން ވަނީ ސްރީލަންކާގައި ސިޔާސީ ޕާޓީއެއްވެސް އުފައްދައިފައެވެ. ނަމަވެސް އެ ޕާޓީއަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ނުލިބުނު ތަނުގައި، ބައެއް ބޮޑެތި އަވަށްތަކުން އެ ޕާޓީއަށް 400 ވޯޓު ވެސް ހަމަނުވެއެވެ.
ބޮޑު ބަލަ ސޭނާއިން މިދިޔަ އަހަރު، ސްރީލަންކާގެ އަލުތުގަމަ އަދި ބޭރުވަލަ ޓައުންތަކުގައި ވަނީ މުސްލިމުންނާއި ދެކޮޅަށް ނިކުމެ، ބޮޑު ހަމަނުޖެހުންތަކެއް ހިންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ