ރާއްޖޭގެ އުތުރާއި މެދު ތެރެ އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި އެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިރާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައި ވަނީ، އުތުރުގެ އެއް އަތޮޅަކަށާއި، މެދު ތެރޭގެ ދެ އަތޮޅަކަށާއި، ދެކުނުގެ އެއް އަތޮޅަށެވެ.
ރީނދޫ ސަމާލު ނެރެފައި ވަނީ، ށ،ޅ،ވ އަދި ލ އަތޮޅަށެވެ.
މި ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީވެސް އެކަށީގެން ވާ ކަމެއް ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެދިފައެވެ.
ހަތަރު އަތޮޅަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ