ކޮވިޑް19: އައްޑޫ ސިޓީ ހިތަދޫ 3 މީހަކު ތިބީ ހޯމް ކަރަންޓީނުގައި: މަބްރޫކް

އައްޑޫ ސިޓީ ހިތަދޫއިން މީހެއްގެ ސާމްޕަލް ނަގާފައި ޓެސްޓްގެ ނަތީޖާ ލިބެެންދެން އޭނާ އާ އެންމެ ފުރަތަމަ ދިމާވި ދެނަރުހުންނާއި ޑޮކްޓަރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަބްރޫކް ވިދާޅުވީ، އަލާމާތްތައް ހުރެގެން އެމީހާ އެންމެ ފުރަތަމަ ދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިމަރޖެންސީ އަށް ކަމަށާއި އެވަގުތު އޭނާއާ ދިމާވީ އެތަނުން ދެ ނަރުހަކާ ޑޮކްޓަރެއް ކަމަށެވެ.
އަދި އެމީހާ އަކީ މީގެ ކުރިން އިންޑިއާގެ ކޮޗިންއަށް ދަތުރު ކޮށްފައިވާ މީހެއް ކަމަށާއި ރައްކާތެރިކަމުގެ ގޮތުން ނެގި ސާމްޕަލްގެ ނަތީޖާ ލިބެންދެން އެ އެންމެންވެސް ތިބޭނީ ކަރަންޓީނުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފުލޫ ކްލިނިކް ތަކަަށް މިހާރު 4660 މީހުން ދައްކާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ވޭތުވެދިޔަ ސައުވިސް ގަޑިއިރުގެ ތެރޭގައި 257 މީހުން ވަނީ ފްލޫ ކްލިނިކް ތަކަށް ދައްކާފައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ