"މަޖިލީހުގެ ރައީސާ ގުޅޭ މަޝްވަރާ ރައީސް އަދި ނުކުރައްވާ"

"ސަރުކާރަށްވުރެ ބޮޑަށް އެއީ އަޅުގަނޑުމެން ޕާޓީ ލެވެލްގަ މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށް ދާނީ،" ހީނާ ވިދާޅުވި އެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު އެކުލަވާލާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މަޝްވަރާ ނުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލީސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ވަނީ 75 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ލިބިފަ އެވެ. މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު ފުރުއްވާނީ މެޖޯރިޓީ އޮންނަ ޕާޓީއަކުންނެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މިއަދު ވިދާޅުވީ އެކަމުގެ މަޝްވަރާތައް ޕާޓީ ލެވެލްގައި ކުރިއަށް ދާނެ ކަމަށެވެ. އެކަމަށް ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ވިދާޅުވި އެވެ."ސަރުކާރަށްވުރެ ބޮޑަށް އެއީ އަޅުގަނޑުމެން ޕާޓީ ލެވެލްގަ މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށް ދާނީ،" ހީނާ ވިދާޅުވި އެވެ.މިހާތަނަށް ރައީސް މިހާތަނަށް އެއްވެސް މަޝްވަރާއެއް ނުކުރައްވާކަން ވެސް ހީނާ ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ރައީސަކަށް ވަޑައިގަންނަވާނެ ބޭފުޅަކާމެދު ސުވާލުއުފެދިފައިވާއިރު، ފޮނަދޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.މަޖިލީހުގެ ކާމިޔާބީ ފާހަގަކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވެފައި ވަނީ އެ މަގާމަށް އައުމާ ގުޅޭ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށެވެ. އެކަމަށް ގޮތެއް ނިންމަވާނީ ރައީސް ކަމަށް އޭނާ އޭގެ ކުރީން ވެސް ވިދާޅުވެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ