މި މަހު ކަރަންޓު ބިލުތައް ބޮޑީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ މި މަހު ކަރަންޓު ބިލުތައް ބޮޑު ކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ބައެއް ރައްޔިތުންގެ ހުރި ކަމަށެވެ.
އެހެންނަމަވެސް، މި މަހު ކަރަންޓް ބިލު ބޮޑީ ރާއްޖޭގައި އެކަނި ނޫން ކަމަށާ، ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެ ބިލު ބޮޑު ވެފައިވާ ކަމަށެވެ.
"ރިސާޗް ކޮށްލެވިޔަސް އެނގިލައްވާނެ. މިއީ ހަމައެކަނި ރާއްޖޭގައި ކަރަންޓުބިލު ބޮޑުވެގެންނެއް ނޫން މިއުޅެނީކީ. ދުނިޔޭގެ އެހެން ތަންތާނގައުވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަރަންޓު/ ގޭސް ބިލަށް މި ބަދަލު އައިސްފައި އެބަހުރި،"
ހުސައިން ފަހުމީ
މިއާއެކު ފަހުމީ ވުދާޅުވީ ރޯދަމަހަކީ ޖުމްލަ ގޮތެއްގައު ޚަރަދު ބޮޑު މަހެއް ކަމަށް ވުމުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިލެއްވުމާއި އެއްގިތަށް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ރޯދަމަހުގެ ބިލުން ޑިސްކައުންޓެއް ދެވިފައިވާ ކަމަށެވެ.
އަޅުގަނޑުމެންވާނީ އެ ޑިސްކައުންޓް ވަރަށް ތަނަވަސްކޮށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ދެވިފައި
ހުސައިން ފަހުމީ
މީގެ އިތުރުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވަނީ ކަރަންޓު ބިލުތައް ބޮޑުވީ ސްޓެލްކޯއިން ނުވަތަ ފެނަކައިން ކުރި ކަމަކުން ނޫން ކަމަށާއި، ބިލުކޮށްފައި ހުންނާނީ ކަރަންޓު ބޭނުންކުރި މިންވަރަށް ކަމަށް ވިދާޅުވެފަ އެވެ.
"އަހަރަކު ދެމަހު ތިންމަހު ބިލު ބޮޑުވަނީ. ބައެއް މަސްތަކުގައި ބިލު ކުޑަވެސް އެބަވޭ. އެހެންވީމަ އެބަ އެނގޭ ސްޓެލްކޯއާއި ފެނަކައިން ބިލްތައް ބޮޑުކުރަނީ ނޫންކަން،" ފަހުމީ ވިދާޅުވި އެވެ.
މީގެ އިތުުރުން ފަހުމީ ވިދާޅުވީ މޫސުމާއި ގުޅިގެން ކަރަންޓް ބިލު ބޮޑު ވުމަކީ ސްޓެލްކޯއާއި ކަރަންޓް ކުންފުނި ތަކުގެ އިތުރުން އާއްމު ރައްޔިތުންވެސް ވިސްނައި ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކަރަންޓު އިގްތިސާދު ކުރުމަށް ކެމްޕެއިންތައް ހިންގުމާއި، ގެ އިމާރާތްކުރާއިރު ވެސް އެކަންކަމަށް ވިސްނުން ކަމަށް ފަހުމީ ވުދާޅުވިއެވެ. އެގޮތުން އައުޓްޑޯ ޔުނިޓު ކުޑަ ގޮޅިއެއްގެ ބެހެއްޓުން ފަދަ ކަންކަމަކީ ކަރަނއޓް ބިލު ބޮޑުވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަހު ކަރަންޓު ބިލުތައް ބޮޑީ ރާއްޖޭގައި އެކަންޏެއް ނޫން: އެމްޑީ ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ