ކުރީގެ ހާރިޒީ ވަޒީރު ދުންޔާ މައުމޫނު އަލުން އެނބުރި ސަރުކާރަށް ހިދްމަތް ކުރައްވަން ފެއްޓެވުމުން ލިބުނީ ޝޮކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ދުންޔާ އަލުން ސަރުކާރަށް ވަޑައިގަތުމުން ލިބުނީ ޝޮކެއް ކަމަށާއި އެހެން ނަމަވެސް ފަސް އެނބުރި ބެލުމެއްނެތި ތެދުވެރި ކަމާއި ދިމާއަށް ހުއްޓުމެއްނެތި މާޗް ކުރެއްވުމަށެވެ.
ދެފަޅިވެފައިވާ ޕީޕީއެމްގެ ކޯޅުންގަނޑަށް ފަހު ދުންޔާ އަލުން ސަރުކާރަށް ގުޅިވަޑައިގަތުމުން ރައީސް މައުމޫނާއި , ރައީސް ޔާމިންގެ ތިންފަށްވެފައިވާ ގުޅުމާއިމެދު ރައްޔިތުން ސުވާލު އުފެދިފައި ތިއްބާ ރައީސް މައުމޫނުވެސް ވަނީ ދުންޔާ ގެ ނިންމެވުމަށް ތާއީދެއް ނެތްކަން ހާމަކުރައްވާފައެވެ.
2018 ގައި އިންތިހާބުގައި ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް އުމަރުވަނީ އިއުލާނުކުރައްވާފައެވެ. ޕީޕީއެމް ދެ ފަޅިވުމާއިއެކު އުމަރުގެންދަވަނީ ރައީސް މައުމޫނާއި އެކު ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
ދުންޔާގެ މިނިންމެވުމާއިއެކު ރައީސް މައުމޫނު އަރިހުގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަކުންވެސް ވަނީ މިއީ ވަރަށްދެރަ ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.
ދުންޔާ ވިދާޅުވީ އެމަގާމާއި ހަވާލުވެވަޑައިގަތީ ގައުމަތް އެނބުރި ހިދްމަތް ކުރެއްވުމަށް ކަމަށެވެ. ދުންޔާ ގެ މިނިންމެވުމާއެކު އާއްމުންގެ ފާޑު ކިޔުންތަކާއިއެކު ޔާމިން ފެކްޝަނުގެ ބޭފުޅުން ގެންދަވަނީ ދުންޔާއަށް ތައުރީފް ކުރައްވަމުންނެވެ.
ދުންޔާ ސަރުކާރަށް އަލުން ވަޑައިގަތުމީ ލިބުނު ޝޮކެއް : އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ