އައްޑު އަތޮޅު މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އަޅާނީ ރައީސް ޔާމީން: ލަތީފް

އައްޑޫ ސީޓީ ހުޅުމީދޫ އާއި އެ ސިޓީގެ އެހެން އަވަށްތައް ގުޅުވާލާ ބްރިޖު އަޅާނީ ކުރީގެ ރައީސް ޔާމީން ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ލަތީފް ވިދާޅުވީ ވަރަށް ގިނައިން މިހާރު މޮނޮރެއިލް ދުއްވާ މަންޒަރާއި، އެކިއެކި ބްރިޖު އަޅާ މަންޒަރު ދައްކަމުންދާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ބްރިޖެއް އެޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ލަތީފް ވިދާޅުވީ، ހުޅުމީދޫ އާއި އައްޑު އަތޮޅުގެ އަވަށްތައް ބްރިޖަކުން ގުޅުވާލުމަކީ ޔާމީންގެ ވައުދެއް ކަމަށާއި، އެހެންކަމުން 2023 ވަނަ އަހަރު ރައީސް ޔާމީން އިންތިޚާބްކޮށްދެއްވައިފި ނަމަ ބްރިޖް އެޅިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ލަތީފް ވިދާޅުވީ، ބްރިޖް އެޅުމުގެ ތަޖުރިބާވެސް ތަރައްޤީ ކުރުމުގެ ތަޖުރިބާވެސް ހުރީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ކަމަށެވެ. އެހެންކަމުން އައްޑޫ ރައްޔިތުން މިފަަހަރު ބަދަލަކަށް ވޯޓު ދެއްވުމަށާއި ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ