ހދ. ކުޅުދުއްފުށީ ޕީޕީއެމްގެ ރިޔާސީ ގޮފީގެ 50 މެންބަރަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް މެންބަޝިޕް ފޯމު ޖުމްހޫރީ ޕާޓީއާއި ހަވާލުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެހުރިހާ މެންބަރުންވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅެން ބޭނުންވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށާއި ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީއާއި ގުޅުމުގެ މަގުސަދު ހާސިލްވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އަތުކުރި އޮޅާލައިގެން ސާބިތުކަމާއެކު އަބަދުވެސް ތިބޭނެ ކަމަށްވެސް އެބޭފުޅުންވެސް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ އެންމެ ގާބިލް އަދި ގައުމަށް ތަރައްގީ ގެނެސްދެވޭނެ ޕާޓީ ކަމަށާއި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ކުޅުދުއްފުށިން އިތުރު މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއާއި ގުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރެއްވި ބޭފުޅުން ވިދާޅުވިއެވެ.
މި ފަހަކަށް އައިސް އެމްޑީޕީ އާއި، ޕީޕީއެމްގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ވަރަށް ގިނަ މެންބަރުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި، މަޝްހޫރު ބައެއް ފިލްމީ ތަރިންވެސް ދަނީ ޖުމްހޫރީ ޕާޓީއާ ގުޅި އެޕާޓީއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ކުޅުދުއްފުށީ ޕީޕީއެމްގެ ރިޔާސީ ގޮފީގެ 50 މެންބަރަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ