ރައްޔިތުން ޑރ. ޝަހީމަށް! މިއީ މާޒީ ހަނދުމަނެތިކޮށްލައްވާފަ އިސްލާމިކް މިނިސްޓްރީ އާ އަލުން ޙަވާލުވެވަޑައިގަންނަވަންވީ ވަގުތު!

ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމަށާއި ވެންޓިލޭޓަރުގައި އޮތް އިސްލާމީ މިނިސްޓްރީ އެޙާލަތުން ސަލާމަތްކޮށްދެއްވޭނެ ހަމައެކަނި ޤާބިލު ބޭފުޅަކަށް ހުންނެވީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުކަމަށް ޤަބޫލުކޮށް އެކަމުގެ ވާހަކަތައް ދައްކަވަނީ ކޮންބައެއްކަމާއި އެއީ މަނިކުފާނުގެ ކިހާ ގާތްބައެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ މަނިކުފާނަށެވެ. 
ރައްޔިތުންގެ ގިނަ ބައަކު މަނިކުފާނުގެ އަރިހުގުގައި ދަންނަވަން ބޭނުންވަނީ މިއީ މާޒީ ހަނދުމަނެތިކޮށްލައްވާފަ އިސްލާމިކް މިނިސްޓްރީ އާއި އަލުން ޙަވާލުވެވަޑައިގަންނަވަންވީ ވަގުތުކަމަށެވެ. 
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ޕާޓީއެއްގެ ފިކުރުގައި ތިއްބެވިނަމަވެސް އިސްލާމް ދީނަށް ލޯބިކުރައްވާ ގިނަ ޢަދަދެއްގެ ޢިލްމުވެރިން އެކަމަށް އެދިވަޑައިގަންނަވައެވެ. 
މިއީ ސިޔާސީ ފިކުރު އެއްފަރާތްކޮށްފައި ޜާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަށް އެންމެ ބޮޑަށް އިސްކަންދޭންވީ ވަގުތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ