ހިޔާ ފުލެޓަށް ކަރަންޓު ލުމަށް އޮންލައިންކޮށް އެދެވޭނެ ގޮތް ހަމަޖައްސައިފި

ހިޔާ ފުލެޓުތަކަށް ކަރަންޓުލުމަށް އެގްރިމެންޓް ހަދާފައިވާ މީހުންގެ ތެރެއިން ކަނެކްޝަން ދެވިފައިނުވާ މީހުންނަށް, އެކަމަށް އެދެވޭނެ ފަސޭހަ އިންތިޒާމެއް ސްޓެލްކޯއިން ހަމަޖައްސައިފި އެވެ.
ސްޓެލްކޯ އިން ބުނީ، ހިޔާގެ 6720 ފުލެޓުގެ ތެރެއިން މިހާތަނަށް އެ ކުންފުނީގެ ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. އޭގެ ތެރެއިން އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ 5828 ފަރާތަކުން ކަމަށާއި އެއީ ކަނެކްޝަނަށް އެދުނު ފަރާތްތަކުގެ 95 ޕަސަންޓު ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، އެކިއެކި ސަބަބުތަކާ ހެދި ކަސްޓަމަރަށް ހާޒިރު ނުވެވިގެން، ކަނެކްޝަން ދެވިފައި ނުވާ 280 ފަރާތެއްވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
ހިޔާ ފުލެޓުތަކަށް ކަރަންޓު ހޯދުމަށް އޮންލައިންކޮށް އެދެވޭ ލިންކު: https://www.stelco.com.mv/hiyaa-connection-request
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ