ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.
މިއީ އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގަތުމުން ދިއްލީ އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ޖޮއިންޓް ސެކްރެޓަރީ ޕްރަކާޝް ގުޕްތާއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް މާދަމާ ފެށޭނެކަމަށެވެ.
އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް އެޤައުމަށް ކުރައްވާ މި ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީއާއި ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާނެކަމަށް މިނިސްޓަރ އަބްދުﷲ ޝާިދުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ