ނ. ހެނބަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ނިންމާލައިފި

ނ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީން ނިންމާލައިފިއެވެ.
ހެނބަދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 23 ޖޫން 2019ގައެވެ. އަދި މިމަޝްރޫޢު މޮބިލައިޒްކުރެވިފައިވަނީ 24 ސެޕްޓެމްބަރ 2019 ގައެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 30.3 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ބަނދަރެކެވެ.
އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 44,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 259 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލާފައިވާކަމަށެވެ. އަދި 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޯންސް ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި ރޮކް އޭޕްރަން ހަރުކުރުމާއި، 1,015 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކޮށްފައިވާކަމަށެވެ.
ގާތްގަނޑަކަށް 700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނ.ހެނބަދޫއަކީ 14 ހެކްޓަރުގެ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ