މެދުފަންތީގެ ޓޫރިޒަމް ފުޅާކޮށް ތަރައްޤީކޮށް ޕްރޮމޯޓް ކުރުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓިގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަރުހަލާ ކުރިއަށްދާތީވެ، ސިވިލްކޯޓުން އެކުންފުންޏާ ގުޅޭ ބައެއް މައްސަލަތައް ބެލުން މިހިނދަށް މަޑުޖައްސާލައިފިއެވެ.
ސިވިލްކޯޓުގައި މިއަދު އެމްއައިޓީޑީސީއާ ދެކޮޅަށް ހުށަހެޅުނު މައްސަލައެއްގެ ނިޔާ އިއްވަމުން ގާޒީ ވަނީ ދައުވާ ލިބޭ ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށްގެންދާތީވެ، މިހާލަތުގައި ދައުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާ ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދަން ހުށަހަޅަންޖެހޭނީ ދައުވާލިބޭ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރަށްކަމަށެވެ. އެހެންކަމުން ސިވިލްކޯޓުގެ ޤަޟިއްޔާގެ ހުކުމެއް ތަންފީޒުކުރުމުގެ މައްސަލަ މިހިނދަށް ކުރިއަށް ނުގެންދެވޭނޭކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެމްއައިޓީޑީސީ އުވާލުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިއަހަރުގެ ޖުލއިމަހުގެ ތެރޭގައި ފާސްކޮށްފައެވެ. އަދި ހަމަ އެހެންމެ ވަޒީރުންގެ މަޖިލީހުން ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހު ބޭއްވެވި ޖަލްސާގައި ވަނީ އެމްއައިޓީޑީސީ އުވާލުމަށް ނިންމާފައެވެ.
އެމްއައިޓީޑީސީއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އެމްއައިޓީޑީސީ އުފެދުނުފަހުން 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި އެކަންޏަށްބެލި ނަމަވެސް 137.8 މިލިއަން ރުފިޔާ އެބައޮތެވެ. އޮޑިޓަރ ޖެނެރަލް ބަރެސްދޫއާ ގުޅޭގޮތުން ނެރުއްވި ރިޕޯޓްގައި ބުނެފައިވަނީ ބަސްރެސްދޫ، އަދި ކާށިދޫގައި ހެދުމަށް ނިންމާފައިވާ ޓޫރިސްޓް ވިލެޖް ޕްރޮޖެކްޓް އަދި ކ.އަތޮޅެ 10 ފަޅެއް ހިއްކާ ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓް ފާމަށް 52.3 ހަރަދުކޮށްފައިވީނަމަވެސް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައި ނުވާކަމަށެވެ.
އުވާލުމުގެ މަރުހަލާ ކުރިއަށްދާތީ، އެމްއައިޓީޑީސީގެ ބައެއް މައްސަލަތައް މަޑުޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ