ސަތޭކައެއްހާ ވިޔަފާރި ބަލައި ފާސްކޮށް، 37 ތަނެއް ބަންދުކޮށްފި

ސަތޭކައެއްހާ ވިޔަފާރި ބަލައި ފާސްކޮށް، 37 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން އަންނަނީ ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މިނިސްޓްރީން މިއަދު ވަނީ، އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން، މިދިޔަ މަހުގެ 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅޭ 252 ޝަކުވާ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. ދެ ހަފުތާއަށް ވުރެ ގިނަ ދުވަހުގެ އެ މުއްދަތުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ، 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން، 37 ތަނެއް ބަންދުކޮށްފައިވާއިރު، 25 ތަނަކީ އެ މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާ ޚިލާފުވެގެން ބަންދުކުރި ވިޔަފާރިތަކެވެ. ގަަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހޯދުމަށް ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން: ސަތޭކައެއްހާ ވިޔަފާރި ބަލައި ފާސްކޮށް، 37 ތަނެއް ބަންދުކޮށްފި ----- ފޮޓޯ/ އިމިގްރޭޝަން އޭގެ އިތުރަށް، އެހެނިހެން ގާނޫނުތަކާ ޚިލާފުވެގެން ބާރަ ވިޔަފާރިއެއް ބަންދުކުރިއިރު، އަލުން ހުޅުވުމަށް އަށް ވިޔަފާރިއަކަށް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. ވިޔަފާރިތައް ބަންދުކުރި ކަމަށް ބުނި ނަމަވެސް، އެ ތަންތަނުގެ އިތުރު ތަފުސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށެވެ. https://sun.mv/214540 ބިދޭސީން ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލުމާ ގުޅުވައި މިދިޔަ މަހު 27ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ، އެ މައްސަލަ ހައްލުކުރުމަށް އަންނަ ހަފުތާއިން ފެށިގެން މަސައްކަތް ހަލުވިކޮށް، އޭގެ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ