ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، އެ މައްސަލަ ތަހުގީގު ކުރަން ކޮމިޓީން އެކުލަވާލައިފިއެވެ.
ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަބްދުﷲ އަލީ އާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަވައި އެކަށީގެންނުވާ މިންވަރަށް އަލީ އަބްދުﷲ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގއ.ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާން، ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ގާނޫނާއި ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ގާޒީ އަބްދުﷲ އަލީގެ މައްސަލަ މިދިޔަ ޖެނުއަރީ މަހު ވެސް ޖޭއެސްސީން ބަލާފައިވެއެވެ. އަދި މިދިޔަ އަހަރުވަނީ އެހެން މައްސަލައެއްވެސް ބަލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ