ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަޤާމަށް އަބްދުﷲ ރަޝީދު އައްޔަންކޮށްފި އެވެ. އެ މަގާމަށް އަހުމަދު ރަޝީދު އައްޔަންކޮށްފައިވަނީ މިއަދު އެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަޤާމަށް އަބްދުﷲ ރަޝީދު މިއަދު އައްޔަންކުރިއިރު ދާދި ފަހުން ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަޤާމަށް އަހުމަދު ނަޝީދު (ޑޭވް) އައްޔަންކޮށްފަ އެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްއަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އަދި ކުޅިވަރާބެހޭ މިނިސްޓަރާއި ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ކުޅިވަރު މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސް އަކީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދަށުން މަސްތަކަތްކުރާ އެންމެ އިސް ފަރާތެެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކުރާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އުޅޭ މީހެއްކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމާއި، އިންތިހާބު ކުރެވޭ އެއްވެސް މަގާމެއްގައިވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މެންބަރަކަށް ނުވަތަ ކުޅުންތެރިއަކަށް ނުވުމާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މަގާމެއް ފުރަމުންގެންދާ ފަރާތަކަށް ނުވުން ހިމެނެއެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ