ސުޕްރީމް ކޯޓަށް ހާޒިރުވުމަށް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމަށް އެ ކޯޓުން އަންގައިފިއެވެ.
ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އެ ކޯޓަށް ހާޒިރުވުމަށް އަމުރުކޮށް، ޝަމީމާއި ވަނީ ޗިޓު ހަވާލުކޮށްފައެވެ.
ޝަމީމަކީ މިފަހުގެ ތާރީޚެއްގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އޭގެ ފަހުން ސަސްޕެންޝަން އުވާލައި ހުއްދަ ދިނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީގައެވެ.
އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ވެސް އޭނާ ސަސްޕެންޑް ކުރިއިރު، އަނބުރާ ހުއްދަ ދިނީ ޖުލައި މަހުގައެވެ.
ޝަމީމް މަތީ ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ. މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ ޝަމީމާއެކު ކިޔަވާ ވިދާޅުވާން އުޅުއްވި ބޭފުޅެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޝަމީމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ