ކުރިއަށް އޮތް 24 ގަޑި އިރުވެސް ރާއްޖޭގެ މޫސުން ގޯސް ވާނެ

ކުރިއަށް އޮތް 24 ގަޑި އިރުވެސް މުޅި ރާއްޖޭގެ މޫސުން ގޯސް ވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ. މިގޮތުން ކުރިއަށް އޮތް 24 ގަޑި އިރުގެ މޫސުން ދައްކާގޮތުން ދެކުނާއި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެއެވެ. އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ އިރު، ބައެއް ރަށްރަަށަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށްލަފާކުރާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.އެމްއެންޑީއެފް އިން ވަނީ ކަނޑުދަތުރު ކުރާއިރު ވަކިން ހާއްސަކޮށް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އީއްޔެގެ ވަގުތެއްގައި ވެސް 4 މީހުންނާއި އެކު ދަތުރުކުރި ޑިންގީ އެއް ވަނީ ގެއްލިފައެވެ. ނަމަވެސް ފަހުން އެ ޑިންގީ ވަނީ ފެނިފައެވެ. އެމްއެންޑީއެފުން ވަނީ، ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދަށް ތަބާނުވެ، ދަތުރުކުރަނިކޮށް މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޠެސް
ޜަގަޅު ނިންމުމެއްތީ. ފިޔަވަޅު އަޅަންވާނެ ވ ހަރުކަށި ކޮށް އެކަމް
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ