ސީޕީ ހާމަކުރެއްވީ ބިރުވެރި މައުލޫމާތުތަކެއް، ގައުމު ސަމާލުވާންޖެހޭ: މައުމޫން

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ހުރި ގޮތް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރެއްވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
Advertisement
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ހުރި ގޮތް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރެއްވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އައިއެސްގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތްތަކާ ބެހޭގޮތުން ސީޕީ ުމުހައްމަދު ހަމީދު ހިއްސާކުރެއްވީ ވަރަށް ބިރުވެރި މައުލޫމާތު ތަކެއް ކަމަށެވެ. އެހެންކަމުން މުޅި ގައުމު ސަމާލުވާން ޖެހޭ ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ކައުންސިލަރުންނާ އެކު ކުރިއަށް ގެންދިޔަ ވިއަވަތި މަހާސިންތާގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މީހުންގެ ފުރާނަ ދުއްވާލުމަށް ފަސްނުޖެހޭ ހިސާބަށް ދީނީ ހަރުކަށި ވިސްނުން ހުރި 1400 އަށްވުރެ ގިނަ ދިވެހިން އުޅޭ ކަމަށެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން ހިމެނޭ ޖަމާއަތްތަކާއި އެމީހުންގެ ހަރަކާތްތަކާއި އަދި އެމީހުންގެ އަދަދުތައް ވެސް ކަމާ ގުޅޭ އިދާރާތަކަށް އެނގޭ ކަމަށްވެސް ހަމީދު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ސީޕީ ހަމީދު ވިދާޅުވީ ޕާކިސްތާނާއި އަފްޣާނިސްތާނާއި ސީރިއާ ފަދަ ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކުގައި ބައިވެރިވެފައިވާ ދިވެހިން ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ފުލުހުންނާއި ގުޅިގެން މައްސަލަތައް ހައްލުކުރުމަށް ކައުންސިލްތަކުން މަސައްކަތް ކުރުމަށްވެސް ސީޕީ ވަނީ އެދިވަޑައިގެންފަ އެވެ.
ސީޕީ ހަމީދު ވަނީ ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ 423 ދިވެހިން ސީރިއާ އަށް ދިއުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސީރިއާއަށް އެތެރެވެވުނީ މީގެތެރެއިން 173 ދިވެހިންނަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި ސީރިއާގައި މިހާރު ތިބީ 59 ދިވެހިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ