ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހަތް ވަނަ އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މިއަދު ފަށައިފި އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި މާލެ އާއި އަތޮޅުތެރެއިން ނުވަ ސްކޫލެއްގެ ދަރިވަރުން ބައިވެރިވެ އެވެ. ކޮންމެ ސްކޫލަކުން ބައިވެރިވާ ޓީމުގައި ހަތް ދަރިވަރަކު ހިމެނެ އެވެ. އެއީ ގްރޭޑް 7-10 ދެމެދުގެ ދަރިވަރުންނެވެ.
ހޯޕް ފޮ ވިމަން، އެޑްވޮކަސީ މޯލްޑިވްސް، "ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެޑްވޮކޭޓިން ފޮ ދަ ރައިޓްސް އޮފް ޗިލްރެން އިން ޖަޖުކަން ކޮށްދޭ މި މުބާރާތުގެ ފައިނަލް އޮންނާނީ ބުރާސްފަތި ދުވަހު އެވެ.
މި މުބާރާތުގެ ރެކޯޑިންތައް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މި މުބާރާތް ސްޕޮންސަކޮށްފައި ވަނީ އެމްޑަބްލިއުއެސްސީ އާއި މެގަޗިޕް ކޮމްޕިއުޓާސް އާއި ހޮރައިޒަން ފިޝަރީޒް އަދި ނޮވެލް އެންޑް ގްރިލް ރެސްޓޯރަންޓުންނެވެ.
މި ކުއިޒް ބާއްވަން ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. ނަމަވެސް މިދިޔަ އަހަރަކު ކުއިޒެއް ނުބާއްވަ އެވެ. އެންމެ ފަހުން، 2017 ގައި ބޭއްވި މުބާރާތް ކާމިޔާބުކުރީ އަރަބިއްޔާ ސްކޫލުންނެވެ.
އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ