ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފް އިދިކޮޅު ޕީޕީއެމް އާއި ގުޅިވަޑައިގެންފިއެވެ. އެބޭފުޅާ ޕީޕީއެމްއާއި ގުޅިވަޑައިގަތީ ކާނިވަލް ސަރަހައްދުގައި މިވަގުތު "ހިބަރު ވަދު" ގެ ނަމުގައި ކުރިއަށްދާ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ސްޓޭޖަށް އަރާވަޑައިތުމަށްފަހު މެމްބަރު ހުސެއިން ވަނި އެބޭފުޅާ "ސަޕްރައިޒެއް" ދޭން ބޭނުންފުޅު ކަމަށާއި އަދި ޖަލްސާގައި ހާޒިރުވެވަޑައިގެން އިންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ސްޓޭޖަށް ވަޑައިގަތުމަށް އެދިލެއްވިއެވެ. އަދި ރައީސް ޔާމީން ސްޓޭޖަށް އަރާވަޑައިގަތުމުން ހުސެއިން ވަނީ އެ ބޭފުޅާގެ މެމްބަރޝިޕް ފޯމު ރައީސް ޔާމީނަށް އަރުވާފައެވެ.މިހާތަނަށް ހުސެއިން މަޖްލީހުގައި ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ. މީގެ ކުރިންވެސް ޕީޕީއެމްގައި ހުންނެވި ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބަށްފަހު ހުސެއިން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތެވެ. ނަމަވެސް 19 ވަނަ މަޖްލީހުގެ އިންތިހާބަށް ހުސެއިން ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ. ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށްފަހު ވެސް ހުސެއިން މުޅިންހެން މަސައްކަތް ކުރައްވަމުން ގެންދެވީ ޕީޕީއެމް އާއި އެކުގައެވެ.އަދި މީގެ ކުރިންވެސް ޕީޕީއެމްގެ ޖަލްސާތަކުގައި ބައިވެރިވެފައިވެއެވެ.
މިލިޔުން ކިޔާލުމުން
92 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
8 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މެމްބަރު ހުސެން މުހައްމަދު ލަތީފު ޕީޕީއެމް އާއި ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ