ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެންމެ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ގާސިމް މިއަދު ހަވީރު 4:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން ގާސިމް ދެންމެ ވަނީ ވަކީލުންނާ އެކު ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންފަ އެވެ. އެކަމަކު މިފަހަރު ގާސިމް ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ ގާސިމަށް ވަނީ ދައުވާ އުފުލައި، ޝަރީއަތް ފަށައިފަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ އެ މައްސަލާގައި ގާސިމަށް ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ.
އެ މައްސަލާގައި ގާސިމް ހައްޔަރުކޮށް، ހަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރުމުންނެވެ.
އެ މައްސަލާގައި ދައުވާ އުފުލިފަހުން ވެސް ފުލުހުން ވަނީ ގާސިމާ ގުޅުންހުރި ބައެއް ތަންތަން ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ