ހައި ކޯޓުގައި އިސްތިއުނާފްކުރާ، ކުށުގެ ތުހުމަތުގައި ބަންދުކުރުމުގެ މައްސަލަތަކުގެ އަޑުއެހުމަށް ދައުވާކުރާ ފަރާތުން ހާޒިނުވެގެން އެ މައްސަލައެއް ބާތިލްކޮށްފި ނަމަ އެ މައްސަލައެއް އަލުން ހުށަނޭޅޭ ގޮތަށް ހައި ކޯޓުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ހައި ކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާއަށް ކ. ގެ ގޮތުގައި އިތުރުކުރި އެ އަކުރުގައި ވަނީ ދައުވާކުރާ ފަރާތުން ހާޒިރުނުވެގެން ބާތިލްކުރާ މައްސަލައަކީ ބަންދު އަމުރުގެ މައްސަލައެއް ނަމަ، އެ މައްސަލައެއް ދޫކޮށްލީ ކަމަށް ބަލައި، އެ މައްސަލައެއް އިތުރަށް ހުށަނޭޅޭނެ ކަމަށެވެ. އެ އިސްލާހަށް އަމަލުކުރަން ފެށީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.
ދައުވާކުރާ ފަރާތުން ހާޒިރުނުވެގެން އެގޮތަށް ބާތިލްކޮށްފި ނަމަ އަލުން ހުށަނޭޅޭ ގޮތަށް ހައި ކޯޓުގެ ގަވާއިދުގައި ކުރިން އޮންނަނީ ހަމައެކަނި އިންތިޚާބީ ޝަކުވާގެ މައްސަލަތަކާއި އިންތިޚާބުގެ ތެރޭގައި ހިންގާ ޖިނާއީ ކުށުގެ މައްސަލަތައް އެކަންޏެވެ.
ހައި ކޯޓުގެ ގަވާއިދުގައި ކުރިން ވެސް އޮންނަ ގޮތުން ދައުވާކުރާ ފަރާތުން ހާޒިރުނުވެގެން މައްސަލައެއް ބާތިލްކޮށްފި ނަމަ، އެ މައްސަލައެއް އަލުން ހުށަހަޅަން ބޭނުންވާނަމަ ބާތިލްކުރިކަން އަންގާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އަލުން ހުށަހަޅަންޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފި ނަމަ ދެން އެ މައްސަލައެއް އެ ކޯޓުން ނުބަލާނެ އެވެ. ނަމަވެސް ފަހުން އެ ގެނައި އިސްލާހުގެ ސަބަބުން ބަންދުގެ މައްސަލަތަކަށް ވެސް އެ އުސޫލެއް ނުހިނގާނެ އެވެ.
ދައުވާކުރާ ފަރާތުން ހާޒިރުނުވުމުން ބަންދުގެ މައްސަލައެއް ބާތިލްކޮށްފި ނަމަ އަލުން ހުށަނޭޅޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ