ދުންޔާ މައުމޫން، ރަނިލް ވިކްރަމަސިންހާއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ދުންޔާ މައުމޫން ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާއާ ބައްދަލުކުރައްވައިފިއެވެ. 
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދުންޔާ މައުމޫން މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ބައްޕާފުޅުގެ ފަރާތްޕުޅުން ބައްދަލުކުރެއްވުމުގެ ފުރުސަތުދެއްވީތީ ރަނިލް ވިކްރަމަސިންހާ އަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް ސޯލިހްގެ ވެރިކަމުގައި ރާއްޖެއަށް އަމާންކަމާއި ސުލްހަމަސަލަސްކަމަށް އެދިވަޑައިގަންނަވާ ކަމަށް ވިކްރަމަސިންހާ ވަނީ ވިދާޅުވެފައެވެ. 
އިންތިހާބީ ރައީސް އިބޫގެ ސަރުކާރުގައި ބަދަހި ޑިމޮކްރެޓިކް ގުޅުންތަކަކަށް އެދިވަޑައިގަންނަވާފައިވާކަން ވެސް ވަނީ ހާމަކުރައްވާފައެވެ. ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ތަމްސީލުކުރައްވާ ދުންޔާ މައުމޫން ވަނީ އިންޑިއާއަށް ވެސް ޒިޔާރަތްކުރައްވާ އިންޑިއާ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. ސްރީލަންކާއަކީ ރާއްޖެއާއި ރާއްޖޭގެ ސިޔާސީ މަޝްރަހާ އަބަދުވެސް ގާތްގުޅުމެއް އޮންނަ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ