ވެލާނާ އެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަނޓް ކެނޑި އޮޕަރޭޝަންތައް ހުއްޓިއްޖެއެވެ.
އެއާޕޯޓުން ވަހަކަ ދެއްކި ބައެއް މުވައްޒަފުންބުނީ އެއާޕޯޓްގެ ޕަވަޕްލާންޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑިފައިވާތާ ގިނަ އިރުތަކެއް ވެފައިވާ ކަމުގައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ކަރަންޓް އެއްވެސް ގޮތަކަށް ނެތްތާ މިހާރު ދެ ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާކަމަށް އެއާޕޯޓުން ވަހަކަދެއްކި ބައެއް މީހުން ބުނެއެވެ.
ވެލާނާ އެއާޕޯޓް ހިންގަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުންބުނީ ދިމާވި މައްސަލައަކާއި ގުޅިގެން އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމުގައެވެ.We are experiencing power failure @VelanaAirport Passenger Handling Area (Terminal Area), due to ring main fault. Our Technical Teams are working restoring Power for the affected areas.Sorry for the inconvenience we are trying to rectify this issue at hand as soonest.— MACL (@MACLmedia) January 28, 2019އެކުންފުނިން ބުނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ