ރާއްޖޭގައި ޒަމާނުއްސުރު ތަފާތު ސިޔާސީ ފިކުރުތައް އޮތްއިރު، ދިވެހި ރައްޔިތުން ދިރިއުޅެމުން އައީ ބޮޑުން ނުވަތަ މުއްސަނދީންގެ އަޅުންގެ ގޮތުގައި ކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.
ލޭބަރ ޕާޓީ އުފެއްދުމަށް ބޭނުންވާ އާންމު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ހަސީން ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި އަބަދުވެސް ފެނިގެން ގޮސްފައިވަނީ ބޮޑުން ނުވަތަ މުއްސަނދީންނާއި މަތީ ފަންތީގައި ތިބި ފަރާތްތައް ކަމަށެވެ.
"ގައުމު މިހާ ހަމައަށް އައި އިރުވެސް މަސައްކަތްތެރީންނަކީ އަބަދުވެސް ބާކީވެފައި ތިބި ބައެއް. އެމީހުންގެ ހައްގުތައް ހޯދުމަށް ވަނީ ނުކުޅެދިފަ،" އޭނާ ވިދާޅުވިއެވެ.
ލޭބަރ ޕާޓީ އުފެއްދީ އެފަދަ މައްސަލަތައް ފެނި ގައުމުގެ މަސައްކަތްތެރީންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސީން ވިދާޅުވީ ގައުމު ބެހިގެން ވަނީ ދެ ބަޔަކަށް ކަމަށާއި އެއީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ކަމަށެވެ. ނަމަވެސް އަބަދުވެސް ފެނިގެންދަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ނުލިބި ހުންނަތަން ކަމަށް އޭނާ ވިދާޅުވިއެވެ. ލޭބަރ ޕާޓީން މަސައްކަތް ކުރާނީ އެ ހައްގުތައް ހޯދައިދިނުމަށް ކަމަށް ހަސީން ފާހަގަކުރެއްވިއެވެ.
ރައްޔިތުން ދިރިއުޅެމުން އައީ ބޮޑުންގެ އަޅުންގެ ގޮތުގައި: ހަސީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ