މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓު ނެރެފައިވަނީ ށ. އަތޮޅާއި ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެތް އޮފީހުން ބުނި ގޮތުގައި އެސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ބައެއް ހިސާބުތަކަށް ޔެލޯ އެލާރޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ