އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ދައުވާ ކުރަން ފޮނުވައިފި

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ޖަލުގައި މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފޮނުވައިފި އެވެ. އަބްދުﷲ ރަޝީދު މަރުވެފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ މަރުގެ މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލު އޮތްކަމަށް އޭނާގެ އާއިލާ އިން ވަނީ ތުހުމަތުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން، ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، މަރުވި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ގެ ޖަނާޒާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް ކ. މާފުށީ ޖަލުގައި ރަޝީދު މަރުވި މައްސަލަ 2017 ވަނަ އަހަރުގެ ފަހު ކޮޅު އެޗްއާރްސީއެމް އިން ތަހުގީގު ކުރަން ނިންމީ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. މިއަދު އެޗްއާރްސީއެމް އިން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ތަހުގީގަށް ރިއާއަތްކޮށް، ދައުވާ ކުރުމަށް އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަބްދުﷲ ރަޝީދުގެ އާއިލާއިން މީގެ ކުރިން ބުނެފައި ވަނީ އޭނާގެ ބަލިހާލު ބޮޑުވުން ވެސް ފަރުވާ ނުދީ ކަރެކްޝަންސް އިން ލަސްކޮށްފައިވާ ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ އިހުމާލު އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ