ސުޕްރީމް ކޯޓްގެ އަމުރަށް ބޯލަބަން އީސީއިން ޕާޓީތަކަށް އިލްތިމާސްކޮށްފި
12 މެންބަރުންގެ ގޮނޑިއާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުންތައް ބާތިލްކޮށްފައި ވާތީ، އެ އަމުރަށް ބޯލެބުމަށް ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.އީސީއިން އިއްޔެ ނިންމާފައިވަނީ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެންގި އެންގުން އަނބުރާ ގެނައުމަށެވެ. އަދި އެ 12 ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމުގެ މަސައްކަތްތައް ވެސް އީސީ އިން ވަނީ މަޑު ޖައްސާލާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވިދާޅުވެފައި ވަނީ 12 މެންބަރުންގެ ގޮނޑީގެ މައްސަލަ އެ ކޯޓުން ބަލަމުން ދާތީ، އެ ކަމާ މެދު އެ ކޯޓުން ހުކުމެއް ކުރަން ދެން އެ މެންބަރުން ޖަލްސާތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށާއި، އީސީގެ ނިންމުންތައް ބާތިލް ކުރާ ކަމަށެވެ. އެ އަމުރު އެގޮތަށް ނެރުމާ ގުޅިގެން، އީސީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އަމުރުގައިވާ އެންމެހާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެ ކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި، ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ފުރިހަމައަށް ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ