ތުއްތު ކުދިންނާ ސްކޫލް ދަރިވަރުން އަތުން ބަސް ދަތުރަށް ފައިސާ ނުންގާނެ

ހުޅުމާލެ މާލެ ބަސް ދަތުރުތަކަށް މިއަދުން ފެށިގެން ފައިސާ ނަގަން ފެށިނަމަވެސް ބަހުގައި ދަތުރުކުރާ ތުއްތުކުދިންނާއި، ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންގެ އަތުން ފީ ނުނަގާނެކަށް ބަސް ދަތުރުގެ ހިދުމަތްދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުޅުމާލެ މާލެ އަދި ހުޅުލޭ ބަސް ދަތުރުތައް ހިލޭ ކުރަމުން ދިޔަ ނަމަވެސް މިއަދުން ފެށިގެން ދަތުރުތަކުން ފީނެގުމަށް ހަމަޖައްސާ އެކަންވަނީ ތަންފީޒުކުރަން ފަށާފައެވެ. މާލެ ހުޅުމާލެ ހުޅުމާލެ މާލެ ބަސް ދަތުރަކަށް ނެގުމަށް ހަމަޖައްސާފައިވަނީ 10 ރުފިޔާއެވެ.
ބަސް ދަތުރުތަކަށް ފީ ނަގާނީ އެކަމަށް ހާއްސަ "ޓަޗްލިންކް " ކާޑް މެދުވެރިކޮށް ކަމަށާއި މާލޭ ބަސް ޓާމިނަލާއި، ހުޅުމާލޭ މައި ބަސްޓޮޕުން 20 ރުފިޔާއަށް ކާޑް ގަންނަން ލިބޭނެކަމަށް އެމްޕީއެލުން ބުނެއެވެ. ޗަޓްލިންކް ކާޑު ބޭނުން ކުރެވޭނީ ރިލޯޑް ކޮށްގެންނެވެ.
ޖުމްލަ ނުވަ ބަސް ސްޓޮޕަކުން ފަތިހު 05:35 ފެށިގެން ކޮންމެ ފަސް މިނެޓަކުން ސްޓޮޕްތަކަށް ބަސްތައް މަޑުކުރާނެކަމަށް އެމްޕީއެލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ