އުމަރު ނަސީރު ފުލުސް އޮފީހަށް ހާޒިރުކޮށްފި

8:56 އިދިކޮޅު ޕީޕީއެމްގެ ވަގުތީ ނާއިބު ރައީސް އުމަރު ނަސީރު ދާދި ދެންމެއަކު ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންފި އެވެ.ފުލުސް އޮފީހަށް ވެންނެވުމުގެ ކުރިން އުމަރު ނޫސްވެރިންނަށް ވިދާޅުވީ ހުރިހާ އިދިކޮޅު ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކޮށް މި ނިމެނީ ކަމަށާއި މިއީ ސަރުކާރު ނިމުމުގެ ފެށުން ކަމަށެވެ.ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވެސް މިއަދު 9:00 ގައި ފުލުސް
އޮފީހަށް ހާޒިރުވުމަށް އިއްޔެ ވަނީ ޗިޓު ފޮނުވާފަ އެވެ. ނަމަވެސް އޭނާ
ހާޒިރުކުރާ ވަގުތު މިހާރު ވަނީ މިއަދު މެންދުރުފަހު 1:30 އަށް ފަސްކޮށްފަ
އެވެ. މިއަދު ހެނދުނު 9:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމުށް އަންގައި ޑރ. ހަސަން އަށާއި އުމަރަށް ޗިޓު ފޮނުވީ އިއްޔެ މެންދުރުފަހު އެވެ.އުމަރު ވިދާޅުވެފައިވާ ގޮތުގައި ޗިޓުގައި ބުނެފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށެވެ. އެއީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ