ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތަފްސީލް - ފުލުހުން ބުނީ މެންބަރު ޒަރީރަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލަ ހުށަހެޅިކަމާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަން ބުނުމުގެ އިތުރަށް އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ޒަރީރަށް ފަސް މީހުންގެ ގްރޫޕަކުން ތޫނު އެއްޗަކުން އޭނާގެ ބޮލަށް ހަމަލާދިން މައްސަލަ އެއްގައި ދައުވާ ކޮށްފައި ވެސްވެ އެވެ. ނަމަވެސް ކޯޓުން ހުކުމްކުރީ އެ ދައުވާތައް ސާބިތުނުވާ ކަމަށެވެ.
މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ