ނޮވެމްބަރު  ،3  1988 ގެ ޓެރަރިސްޓް ހަމަލާގައި ބައިވެރިވުމުގެ ކުށުގައި މަރަން ހުކުމްކޮށް އަދި އޭގެ ފަހުން އުމުރު ދުވަހަށް ޖަލަށް ލި އަބްދުﷲ ޝާހިދު، ޑިފެންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ، އައިޑީޕީ އާއި ޑީއާރުޕީގެ ބައެއް މެމްބަރުން ޖުމްހޫރީ މައިދާނުގައި ބޭއްވި އެއްވުމެއް ދާދި ދެންމެއަކު ފުލުހުން ރޫޅާލައިފި އެވެ.
މި އެއްވުމުގައި ބައިވެރިވި މީހުން ތިބީ ޖުމްހޫރީ މައިދާނުގެ މެދުގައި އޮތް ބުރު މަތީގަ އެވެ. މި މީހުން އިށީދެގެން ތިބެ ގޮވަމުން ގެންދިޔައީ ނޮވެމްބަރު  3 ގެ ހަމަލާގައި ބައިވެރިވި މީހުންނަށް ސަރުކާރުގެ މަގާމު ދީގެން ނުވާނެ ކަމަށާއި އެމީހުން އިސްތިއުފާ ދިނުމަށެވެ. މި މީހުންގެ އަތުގައި އެދުވަހު ޝަހީދުވި ސިފައިންގެ ބައެއްގެ މީހުންގެ ފޮޓޯ ވެސް ހުއްޓެވެ. އަދި އެދުވަހު މަރުވި ބައެއް މީހުންގެ ފޮޓޯ ވެސް ހުއްޓެވެ.
ޖުމްހޫރީ މައިދާން ދޫކޮށް ދިއުމަށް ފުލުހުން އެތައް ފަހަރަކު އިންޒާރު ދިނުމަށް ފަހު އިށީދެގެން ތިބި މީހުން ހައްޔަރުކުރަން ފެށި އެވެ. އޭގެ ތެރޭގައި އައިޑީޕީގެ ރައީސް އުމަރު ނަސީރު ހިމެނެ އެވެ. އުމަރު ނަސީރު ހައްޔަރުކުރެވުނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ.
މި އެއްވުން ކުރިއަށް ދިޔަ އިރު ރައީސް މުހައްމަދު ނަޝީދަށް ސަޕޯޓްކުރާ ބަޔަކު އަޑުގަދަކުރާ ހިފައިގެން އުމަރު ނަސީރުގެ ބައިވެރިންނާ ދެކޮޅަށް އަޑުއުފުލި އެވެ. 
އަދިވެސް މުޅި ހިސާބުގަނޑުން މީހުން ފޮނުވައެއް ނުލެވެ އެވެ. 
10: 10
މުޒާހަރާގައި ބައިވެރިވި މީހުން ހައްޔަރުކޮށް ގެންދަން ފެށި ފަހުން ފުލުހުންގެ މީހެއްގެ ގައިގައި ޖަހައިގެން އޭނާ ވެއްޓިގެން އުޅުނު ތަން ހަވީރުގެ ރިޕޯޓަރުންނަށް ފެނިފައިވޭ އަދި އޭގެ ފަހުން އެކަކު ހައްޔަރުކުރިތަން ވެސް ފެނުނު
57: 09
ސްޓަރފޯސް އެއްވެފައިތިބި މީހުން ދުރަށް ޖައްސަމުން އެބަދޭ.
57: 09
މުޒާހަރާ ކުރާ މީހުނާ އިދުކޮޅަށް އަޑުއުފުލާ ގުރޫޕެއްވެސް ހަރަކާތްތެރި އެބަވޭ.
56: 09
ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ މީހުންގެ އަދަދު  20 މީހުނަށްވުރެ ގިނަވާނެ ކަމައްވޭ.
45: 09
މުޒާހަރާ ރޫޅާލުމަށް ސްޓަރ ފޯސް ދަނީ މަސައްކަތް ކުރަމުން. އަދި ހަވީރު އޮންލައިންގެ ރިޕޯޓަރ ބުނި ގޮތުގައި އުމަރުނަސީރު މިހާރު ސްޓަރ ފޯސްގެ ބެލުމުގެ ދަށަށް ގެންގޮސްފި
40: 09
ޖުމްހޫރީ މައިދާނުގައި ހުރި ހަވީރު އޮންލައިންގެ ރިޕޯޓަރަކު ބުނާގޮތުގައި  500 ވަރަކަށް މީހުން އެބަތިބި.
30: 09
ޑިފެންސްގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިސްތިއުފާ އަށް ގޮވާލާ މުޒާހަރާ އެއް ޖުމްހޫރީ މައިދާނުގައި ކުރިއަށް އެބަދެއެވެ. އިތުރު ތަފްސީލު އަންނަނީ
    
    ޑިފެންސްގެ ސްޓޭޓް މިނިސްޓަ އަބްދުﷲ ޝާހިދުގެ އިސްތިއުފާ އަށް ގޮވާލާ މުޒާހަރާ ފުލުހުން ރޫޅާލައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ