އެމްޑީޕީ މެމްބަރުން މަޖިލީސް ތަޅުމުގައި މެމްބަރު ޝިޔާމް އަށް ވަރަށް ބޮޑަށް އަނިޔާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިރޭ ކުރިއަށްދާ އަޑު އެހުމުގައި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމުގެ ހަށިކޮޅަށް އަތްލައި ތަޅާ އަނިޔާކޮށްފިއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިޔާމަށް ވަނީ މިކަމާއި ގުޅިގެން އެކިވަރުގެ އަނިޔާތައް ލިބިވަޑައިގެންފައެވެ. އެމްޑީޕީ މެމްބަރުން ޝިޔާމް އާއި ދިމާކޮށްލީ، މަޖިލީހުގެ ރައީސް ނަޝީދު، ޝިޔާމް ގެ ނަން އިއްވައި ބޭރުކުރުމުންނެވެ. ޝިޔާމް ބޭރުކުރުމަށް ނަން އިއްވީ މަޖިލީހުގެ ޤަވާއިދައް ހުރުމަތްތެރިކޮށް ނުހިއްތަވާކަމަށް ވިދާޅުވެއެވެ. ޝިޔާމް މަޖިލީހުން ނިކުންނަވަން ދެކޮޅު ހެދުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވަރަށް ކޯފާ އިސްވެ ހުންނަވައި ވަގުތު ޝިޔާމް މަޖިލީހުން ނެރުމަށް އެމްޑީޕީ މެމްބަރުންނަށް އަމުރު ކުރައްވާފައެވެ. އަދި އެމްޑީޕީ މެމްބަރުން ވަނީ ޝިޔާމް ވަށާލައި ހަށިކޮޅަށް އަތްލައި ގަދަކަމުން މަޖިލީހުން ނެރެފައެވެ.މިއީ މަޖިލީހުގެ ތާރީހުގައިވެސް އެއް ޕާޓީއެއްގެ މެމްބަރުންވެގެން އަނެއް ޕާޓީއެއްގެ މެމްބަރު މަޖިލީހުން ނެރުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ނަން އިއްވުމުން މަޖިލީހުން ނިކުންނަން ދެކޮޅު ހަދާ މެމްބަރުން ނެރެނީ މަޖިލީހުގެ ސެކިއުރިޓީންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ