ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ނެެރުނު އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އަދީބް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން އަދީބް ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުނީ އިއްޔެގެ ވަގުތެއްގަ އެވެ.
އަދީބް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން އިއްޔެ ވަނީ ނިންމާލާފަ އެވެ. އަދި ހައިކޯޓުން އިއްޔެ އަމުރު ނެރުމާ އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ އަދީބް ގޭބަންދަށް ބަދަލުވެސް ކޮށްފަ އެެވެ.
އަދީބް ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުނީ އެމަނިކުފާނު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވާ ދިނުމުގެ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓަށް ހުށަހަޅާފައިވަނީ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށް ނިންމާ ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން އަދީބްގެ ފަރާތްޕުޅުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
އަދީބް ގޭބަންދަށް ބަދަލުނުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ