ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުން މިމަހުގެ 31ގައި

ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓު މި މަސް ނިމުމުގެ ކުރިން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީ އިން އަންގައިފިއެވެ.
ރާއްޖޭގައި ދަތުރު ރާވާ ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން ކޮންމެ އަހަރަކު ވެސް ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓަކީ ހުށަހަޅަން ޖެހޭ ރިޕޯޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ރިޕޯޓު ހުށަހަޅަންޖެހޭ ތާރީހުގައި ހުށަނައިފި ނަމަ ދޫކޮށްފައިވާ ހުއްދަ ބާތިލް ވެގެން ދާނެއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުން މި މަހުގެ 31ގެ ކުރިން އަހަރީ ރިޕޯޓު އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޓްރެވަލް އެޖެންސީގެ ކަންކަން ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ. ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ހިންގާ 300އެއްހާ ޓްރެވަލް އެޖެންސީތައް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ