ހެނބަދޫ އާއި ފުލިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުން އެމްޓީސީސީ އަށް

ނ.ހެނބަދޫ އަދި ވ.ފުލިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.
އެމްޓީސީސީން ބުނީ ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަށް 16.94 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި މި ޕްރޮޖެކްޓް 350 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި ހެނބަދޫ ގޮނދުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަށް ފަސް މިލިއަން ރުފިޔާ ހަރަދުވާއިރު މި ޕްރޮޖެކްޓް 100 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން 235 މީޓަރުގެ ރިވެޓްމެންޓާއި 25 މީޓަރުގެ ގްރޮއިންއެއް ގާއިމުކުރުމަށް ހަމަޖެހިފައެވެ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ޕްރޮޖެކްޓުގެ ދަށުން 270 މީޓަރު ބްރޭކްވޯޓަރ އަދި 30 މީޓަރުގެ 7 ގްރޮއިން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ