ހުޅުވާރުލުން 149 ކިލޯގެ ޑްރަގްގެ މައްސަލައިގައި ކުރި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ފަހުގެ ތާރީޚެއްގައިި ރާއްޖެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުޅުވާރުލުން އަތުލައިގަތީ އޭޕްރީލް، 2019 ގައި ގައްދޫގައި ވަޅުލާފައި ހުއްޓަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނިލް އާއި އެ ރަށު ރޮމޭންސް، ޝަފީޒް މުހައްމަދާއި ގއ. ނިލަންދޫ ފިރްޝާންވިލާ، އަލީ ޝާކިރުގެ އިތުރުން ގައްދޫ އެދުރުގޭ، ޔާމިހް ހާލިދާއި އެގޭ އަހުމަދު ޚަލީލަށެވެ.
އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ފަސް ވަނަ މީހާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ގައްދޫ ކޯޓުން މިއަދު ބޭރުކޮށްލި ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވެސް ކަށަވަރުކޮށް ދިނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ