ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ(އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ޢަލީ ވަޙީދަށް މިހާރުގެ ސަރުކާރުން އެކި ސިފާގައި ބިރުދެއްކުމުގެ ޢަމަލުތައް ހިންގަމުންދާ ކަމަށް ބުނެ އެކަން އެޕާޓީން ކުށްވެރިކޮށްފި އެވެ.
"“ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ”ގެ މުޤައްރިރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރައްވައި، ކޯނީގެ ރިޕޯރޓް ދިރާސާކުރެއްވުމުގެ ތެރެއިން ބޮޑެތި ޙަޤީޤަތްތަކެއް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވައި، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާފައިވަނީ ބަޣާވާތަކުންކަން ސަލާމަތީ ޚިދުމަތްތަކުގެ އެންމެ އިސް ވެރިންގެ ހެކިބަސް މެދުވެރިކުރައްވައި ބަޣާވާތް އިތުރަށް ފަޅާއަރުވާލެއްވުމާގުޅިގެން، މި ސަރުކާރުން އެކި މީހުން މެދުވެރިވެގެން އަދި އެކި ސިފަސިފާގައި އެމަނިކުފާނަށް ބިރުދައްކަމުންދާކަން މި ޕާރޓީން ފާހަގަކުރަމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ އަލީ ވަހީދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ” ގެ މުޤައްރިރުކަމުންނާއި އަދި މި ޕާރޓީން އިސްތިއުފާ ދެއްވުމަށާއި އަދި އެގޮތަށް ޢަމަލު ނުކުރައްވައިފިނަމަ އެމަނިކުފާނާއި އެމަނިކުފާނުގެ އާޢިލާ ޖަލައްލާނޭކަމުގެ ބިރުދައްކައި އިންޒާރުދެމުންގެންދާ ކަމަށެވެ.
ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދުގެ މައްޗަށް އެއްވެސް ކޮރަޕްޝަންގެ ތުހުމަތެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ވިޔަސް ނުވަތަ ފުލުހުންގެ މުވައްސަސާއިން ވިޔަސް މިހާތަނަށް އެއްވެސް ސުވާލެއް ކުރައްވާފައިނުވާ ކަމަށާއި އިން އެއްވެސް މުވައްސަސާއަކަށް އެފަދަ ކަމަކާ ގުޅިގެން ޙާޟިރުވުމަށް އަމުރެއްކޮށްފައި ނުވާކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައެއް ތަހުގީގުކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅާފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށާއި ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނީ އޭސީސީން އެހީތެރިކަމަށް އެދުމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން ގެންދަނީ މާފަންނު ހަނދުވަރީ ހިނގުމުން އެލްސިޔޯން ބޭކަރީ ކައިރީގައި ހުންނަ މ. އޯޝަނިކްވިލާ އިން އިބްރާހީމް އާރިފު އަށް ލިބިފައިވާ މ. އެންޒިއަން ކިޔާ ގެ އަލީ ވަހީދުގެ މަންމަ ޒުހުރާ 7،938،000 ރުފިޔާ އަށް ބައްލަވައިގަތް މައްސަލަ އެވެ.
އަލީ ވަހީދަށް ބިރުދައްކަމުންދާ ކަމަށް އެމްޑީޕީން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ