މޫސުން ގޯސްވުމާ ގުޅިގެން، ބްރެޒިލް-އާޖެންޓީނާ މެޗު ފަސްކޮށްފި

މޫސުން ގޯސްވުމާ ގުޅިގެން، ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ބްރެޒިލް ބަައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.
ރާއްޖެގަޑިން މިއަދު ހެނދުނު ފަހެއް ޖަހާއިރު މި މެޗު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް، މޫސުން ގޯސްވެ ދަނޑުމަތީގައި ފެން ހެދުމާ ގުޅިގެން ބްރެޒިލްގެ އޮފިޝަލުން ވަނީ، މެޗު ފަސްކޮށްފައެވެ. މި މެޗު ދެން ކުޅޭނީ، ރާއްޖެގަޑިން މާދަމާ ފަހެއް ޖަހާއިރުއެވެ.
"މިކަމާ ގުޅިގެން މެޗުގެ އޮފިޝަލުންނާއި، އާޖެންޓީނާގެ އޮފިޝަލުންނާ ވެސް ވާހަކަދެއްކިން. މޫސުން މިހާރު އޮތް ވަރަށްވުރެ ވެސް ގޯސްވެދާނެތީ، ނިންމީ މެޗު ފަސްކުރުމަށް" ބްރެޒިލްގެ އެސިސްޓެންޓް ކޯޗު ގިލްމާ ރިނާލްޑީ ބުންޏެވެ.
ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓީނާއިން ވެސް ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ.
އެ ދެ މެޗުގެ ތެރެއިން އެއް މެޗުން އާޖެންޓީނާ އެއްވަރުވިއިރު، އަނެއް މެޗުން އެޓީމު ބައްޔެވެ. ބްރެޒިލް ކުޅުނު ދެ މެޗުގެ ތެރެއިން، އެއް މެޗުން އެޓީމު ބަލިވިއިރު އަނެއް މެޗު އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ