އުމަރު މަގާމުން ވަކި ކުރުމަށް އެމްޑީޕީން ގޮވާލައިފި

ހޯމް މިނިސްޓަރ އުމަރު ނަސީރު މަގާމުން ވަކި ކުރުމަށް އިދިކޮޅު އެމްޑީޕީ އިން ގޮވާލައިފިއެވެ.
އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރ އުމަރަކީ ސަލާމަތީ ޚިދުމަތަށް ނިސްބަތްވާ ފަރާތެއްގެ ކިބާގައި ހުންނަންޖެހޭ އަޚްލާޤާ ބީރައްޓެހި އަދި ޖިނާޢީ ބޮޑެތި ކުށްކުރިކަން ސާބިތުވާވަރަށް މިހާރު ވެސް ހެކި ފެންނަން ހުރި ބޭފުޅެއް ކަމަށެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރެއްފައި މިވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް 25 އޮކްޓޯބަރ 2015 ވަނަ ދުވަހު ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ނުވަތަ ފުލުހުންނާއި ސިފައިންނަށް ފައިސާގެ ނާޖާއިޒު ނުފޫޒުފޯރައި ފަސާދަވެފައިވާކަމާއި، އަދި އެފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވުމާއި ދައުލަތަށް ގައްދާރުވެފައިވާކަމަށް ވިދާޅުވެފައިވުމުން އެކަމަކީ ރައީސް ޔާމީނާއި ހޯމް މިނިސްޓަރ އުމަރު ނަސީރަށް އެކަމުގެ ޒިންމާއިން ރެކިވަޑައިގަނެވިގެންވާނެ ކަމެއް ކަމުގައި އެޕާޓީން ނުދެކޭ ކަމަށް ބުނެފައިވެއެވެ.
"ދާޚިލީ ވަޒީރު ޢުމަރު ނަޞީރަކީ މިރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަންބޮޑުވާ ދަރަޖައަށް ގެއްލިގޮސްފައިވާއިރު، އެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވިފައި ނުވުމުގެ ސަބަބުންނާއި، އަދި ރާއްޖޭގެ އަމަން ޢާންމު ޤާއިމުކޮށް ނުދެއްވެވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާ ވަޒީރެކެވެ." އެ ޕާޓީގެ ބަޔާނުގައި ވެއެވެ.
އެގޮތުން މަރު ނަޞީރަކީ މިރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަންބޮޑުވާ ދަރަޖައަށް ގެއްލިގޮސްފައިވާއިރު، އެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވިފައި ނުވުމުގެ ސަބަބުންނާއި، އަދި ރާއްޖޭގެ އަމަން ޢާންމު ޤާއިމުކޮށް ނުދެއްވެވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާ ވަޒީރެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
ހަމައެފަދައިން ސިޔާސީ ފަރާތްތަކަށް ދޭ ޙަމަލާތަކާއި އެފަރާތްތަކަށް މަރުގެ އިންޒާރުދީ ފޮނުވަމުން ގެންދާ މެސެޖްތަކުގެ މައްސަލަތައް ވެސް ބެއްލެވުމުގައި ޢުމަރު ނަޞީރު ނުކުޅެދިފައިވާކަމަށް އެމްޑީޕީން ބުނެއެވެ.
އަދި އުމަރު ނަސީރަކީ މިހާރުގެ ރައީސްގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތު ތަކެއް އަޅުވާފައިވާ ބޭފުޅެއް ކަމަށާއި، ނަމަވެސް މައްސަލަތައް ތަޙްޤީޤުކުރުމާ ބެހޭ ވުޒާރާގެ ވަޒީރުކަން ލިބިވަޑައިގަތުމުން އެ ތުހުމަތުތަކުގެ ތަޙްޤީޤެއް ހިންގެވުމުގެ ޤާބިލުކަން އުމަރުގެ ކިބައިގައި ނެތްކަން ހާމަވެފައިވާ ކަމަށާއި، ވަޒީރުކަން ލިބިވަޑައިގަތުމުން އެ މަޤާމުގެ ދަހިވެތިކަމުގައި އުމަރުގެ ނަފުސު ބަނދެވިފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ